ބާޒާރުގައި ފިޔާގެ އަގު ހެޔޮކުރަން ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ގެނައި ފިޔާ ޝިޕްމެންޓް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ޝިޕްމެންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކާ ގުޅިގެން ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން މާކެޓް ސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމެންޓެއް ކަމަށެވެ.

"އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލް ސެންޓަރުން މިވަގުތު ފިޔާ ލިބެން ހުންނާނެ،" އެސްޓީއޯއިން ބުންޏެވެ.

ފިޔާ ކިލޯއެއްގެ އަގު މިވަގުތު ހުރީ 15 ރުފިޔާއަށް ކަމަށް އެެސްޓީއޯއިން ބުންޏެވެ.

އަދި އެސްޓީއޯ ހޯލް ސެންޓަރުން ހޯލްސޭލްކޮށް މިވަގުތު ފިޔާ ގަންނަން ވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.