އިންޑިއާގައި ފެންބޮޑުވެ 200 އަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.

އިންޑިއާގެ އުތުރުން އޮންނަ އުއްތަރަކަންދު ސްޓޭޓުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެސަރަހައްދުގެ ބޮޑު ބައެއްގައި ބެންބޮޑުވެފައިވާއިރު މިހާތަނައް ގެއްލުނު މީހުންގެ އަދަދު 200 އިން މައްޗަށް އަރާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ރެސްކިއު ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އެސަރަަހައްދުން މިހާތަނަށް 190 މީހުން ސަލާމަތްކޮށްފައިވާކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ.

އަންގާރަ ދުވަހު އެހިސާބުގެ ފަރުބަދަމަތީ ސަރަހައްދަށް ކުއްލިއަކަށް ބޯކޮށް ވާރޭވެހި، ވެހުނު ފެންގަނޑު ފަރުބަދައިގެ ތިރީސަރަހައްދުގައި އޮންނަ ވިލޭޖަށް ފައިބައިގެން ދިޔައީ ބޮޑު ރާޅެއްގެ ސިފައިގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހާދިސާގެ ސަބަބުން އެސަރަހަްއްދުގެ މަގުތަކަށްވެސް ބޮޑެތި ގެއްލުން ވެފައިވާއިރު ރެސްކިއު ޓީމުތަކުން އެސަރަހައްދަށް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގުމުގެ ކުރިން އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ނެރެފައިވީ ނަމަވެސް އެއަވަށުން އެކަމަށް ފިޔަވަޅެއް އަޅާފައިނުވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.