ޅ. ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސްފަހުން، އެ ރަށު މަގުމަތިން އެ ކުއްޖާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ)، ސީނިޔާގެ، ނައިފަރެވެ.
ފުލުހުން މިއަދު މެންދުރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރުމާ ގުޅިގެން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނައިފަރުގައި އެ ކުއްޖާ ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިމަހުގެ ދެވަނަ ދުވަހުގެ 10:25 އެހާކަންހާއިރު ކަމަށް ފުލުހުން އޭރު ބުންޏެވެ.
ފުލުހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި ފުލުހުންނަށް އެ ކުއްޖާ ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރު
15އަހަރުކުއްޖަކު3ދުވަސްވަންދެން ފިލައިގެންއުޅުމަށްފަހު ފެނުނީމައި ހާލުރަނގަޅޭބުނުމުން ޕޮލިހުންގެވާޖިބު އަދާވީކަމަށްވާނެތޯއެވެ
އިއްބެ - 11 މަސް ކުރިން