ޅ. ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ)، ސީނިޔާގެ، ނައިފަރެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރުމާ ގުޅިގެން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނައިފަރުގައި އެކުއްޖާ ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިމަހުގެ ދެވަނަ ދުވަހުގެ 10:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އޭރު އެ ކުއްޖާ ލައިގެން ހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝަޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ކުއްޖާ ފެނިއްޖެނަމަ، ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ގޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް