މިސްރުން ގާޒާއަށް ފެން ހޮޅިއެއް އެޅުމުގެ މަސައްކަތް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީއިން ފަށައިފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިސްނަގައިގެން މިސްރުން ގާޒާއަށް ފެން ހޮޅިއެޅުމުގެ މަސައްކަތް ފަށާފައިވާއިރު އެ ހޮޅީގެ ބޭނުމަކީ ގާޒާގައި ފެނަށް ޖެހިފައިވާ ފަރާތްތަކަށް ފެން ފޯރުކޮށްދިނުން ކަމަށް އޮފިޝަލުން ބުނެއެވެ.
ޔޫއޭއީގެ ނޫސްތަކުން އިއްޔެ ވަނީ އެމަސައްކަތް ފެށުމަށް ހާއްސަ ޓީމުތަށް ފޮނުވާފައިވާ ކަމަށާއި އެމީހުންނާއެކު ޓެކްނިކަން ސާމާނުތައްވެސް ފޮނުވާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ދިގުމިނުގައި ހަތް ކިލޯމީޓަރު ހުންނާނެ ކަމަށް ބެލެވޭ އެ ފެންހޮޅިން ޑީސެލިނޭޓްކޮށްފައިވާ ފެން ގާޒާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ފެންހޮޅި ޕްރޮޖެކްޓް މިސްރުގައި ގުޅޭނީ އެގައުމުގެ އަލް މަވާސީ ސަރަހައްދަށް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. އަދި އެފެން ހޮޅިން ކޮންމެ ދުވަހަކު 600،000 އަށްވުރެން ގިނަ މީހުންނަށް ފެން ފޯރުކޮށްދިނުމަށް އަމާޒުހިފާފައިވެއެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުން ގެންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ސަބަބުން އެސިޓީގެ 2.4 މިލިއަން މީހުންނަށް ވަނީ އަސާސީ ހިދުމަތްތައް ލުބުމުން މަހުރޫމުވެފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް