ޗައިނާގައި އާބާދީ އިތުރުކުރުމަށް ހާއްސަ ސަބްސިޑީއެއް ދޭން ނިންމައިފިއެވެ.

ޗައިނާގެ ސަރުކާރުން ވަނީ އެގައުމުގެ އުފަންވާ ނިސްބަތް ދަށްވުމާ އެކު އެކަން ހައްލުކޮށް އާބާދީ އިތުރުކުރުމަށް ފައިސާއިން ސަބްސިޑީ ދިނުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.

ޗައިނާ ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އެގައުމުގެ އުމުރުން ތިން އަހަރު ފުރެންދެން ކޮންމެ ތުއްތު ކުއްޖަކަށް އަހަރަކު 500 އެމެރިކާ ޑޮލަރުގެ ސަބްސިޑީ އެއް ދިނުމަށް ނިންމައިފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ އެގައުމުގެ 20 މިލިއަން އާއިލާއަކަށް އެޕްރޮގްރާމުގެ ދަށުން ސަބްސިޑީ ދެވިގެން ދާނެ ކަމަށް ރިޕޯޓުކޮށްފައެވެ.

ޗައިނާގެ އޮފިޝަލުން ވަނީ އެގައުމުގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއިން މީގެ 10 އަހަރު ކުރިން އެޅި ފިޔަވަޅާއެކު ކޮންމެ ދެމަފިރިއަކަށް ހުއްދަ ކުރާ އެއްކުއްޖެއްގެ ގަވާއީދުގެ ސަބަބުން އެގައުމުގެ އާބާދީ ބޮޑުތަނުން ދަށްވެ އެކަމުގެ ސީދާ އަސަރު އިގުތިސޯދަށް ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.

ޗައިނާގައި އާންމުކޮށްފައިވާ ދިރާސާއަކުން ވަނީ އެގައުމުގައި ކުއްޖަކު އުމުރުން 17 އަަަހަރުވަންދެން ބަލައި ބޮޑުކުރުމަށް 75،700 އެމެރިކާ ޑޮލަރު ހޭދަވާކަމަށް ދައްކާފައެވެ.