މިއަހަރުގެ މިހާތަނަށް ލަންކާއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ސްރީލަންކާގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި އެ ގައުމަށް މިއަހަރު މިހާތަނަށް ޖުމުލަ 1،212،232 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައެވެ.
ލަންކާއަށް މިއަހަރު އެތެރެވެފައިވާ ފަތުުރުވެރީންގެ ތެރޭގައި އެންމެ ގިނައީ އިންޑިއާ ފަތުރުވެރީންނެވެ. އިންޑިއާއިން މިއަހަރު މިހާތަނަށް 269،780 ފަތުރުވެރިން ލަންކާއަށް އެތެރެވެފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ލަންކާއަށް އެތެރެވެފައިވަނީ އިނގިރޭސިވިލާތު ފަތުރުވެރީންނެވެ. އެގައުމުން 124،562 ފަތުރުވެރިން އެތެރެވެފައިވެއެވެ. ތިންވަނައަށް އެންމެ ގިނަމީހުން އެތެރެވެފައިވާ ރަޝިޔާއިން 114،644 ފަތުރުވެރިން ލަންކާއަށް އެތެރެވެފައިވެއެވެ.
ލަންކާއަށް މިއަަހަރު އެންމެ ގިނަ ފަތުރުވެރިން އެތެރެވެފައިވަނީ މިމަހުއެވެ. އެގޮތުން މިމަހު އެގައުމަށް 145،188 ފަތުރުވެރިން މިހާތަނަށް އެތެރެވެފައިވެއެވެ.
ލަންކާއިން އެގައުމަށް އެތެރެވާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ލަންކާގެ ސަރުކާރުން ދާދި ފަހުން ވަނީ 40 ގައުމަކުން އެގައުމަށް އެތެރެވާ ފަތުރުވެރިންނަށް ވިސާއާއި ނުލައި އެތެރެވެވޭނެ ގޮތް ހަދާފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް
ރަގަޅެއްނު ، ލަންކާ އިން ލުއިފަސޭހަދޭ އިރު ، މިގައުމުން ޓެކްސް އާއި ތަކެތި އަގުބޮޑުކޮށް ބުރަޖައްސަނީ
އެޑްމުންޑޯ - 11 މަސް ކުރިން