ތޫފާނުގެ ނުރައްކާ ދެނެގަނެވޭ ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.
ޗައިނާއިން އުފައްދާފައިވާ ޑްރޯން ''އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)'' ބޭނުންކޮށްގެން، އޭގެ ފުރަތަމަ މިޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާގެ އޭވިއޭޝަން އިންޑަސްޓްރީ ކޯޕަރޭޝަން އިން އިއްޔެ ބުނެފައިވާ ގޮތުގައި، އެގައުމުން އުފެއްދި އެ އުޅަނދު އަސްލު ތޫފާނެއްގެ ތެރެއަށް ވަދެ ނުރައްކާ މާހައުލެއްގައި އެ ތޫފާން ދިރާސާކޮށް މީގެ ކުރީން ނުނެގޭ ފަދަ ގިނަ މައުލޫމާތުތަކެއް ވަގުތުން ހޯދައިފައެވެ.
މިހަފުތާގެ ކުރީކޮޅު އެ ގައުމުގެ ގުއަންގްޑޮންގްގެ ހުޅަނގުން އުފެދުނު ތޫފާން އެހެން ސަރަހައްދަށް މިސްރާބު ޖެހުމާއެކު ޔޫއޭވީ ޑްރޯން ފޮނުވާލައި ތޫފާންގެ މައުލޫމާތު ވަގުތުން އެއްކުރަން ފެށި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، ޔޫއޭވީއިން ލިބޭ މައުލޫމާތުތަކަށް ބަލައި ތޫފާނުގެ މިސްރާބު ހުރި ސީދާ ޕޮއިންޓު ދެނެގަނެވި އެ ސަރަހައްދަށް ތޫފާނުގެ ސަބަބުން ލިބޭނެ ގެއްލުން ކުރީބައިގައި ދެނެގަނެވިފައިވެއެވެ.
ޔޫއޭވީގައި ހަރުކުރެވިފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ އާލާތްތަކުގެ އެހީގައި ތޫފާނުގެ ވައިވް މަންޒަރުތައްވެސް އިމަޖެންސީ ކޮމާންޑް ސެންޓަރަށް ފޮނުވަމުން ދިޔަކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ