ބަންގުލަދޭޝްގެ ޖެޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.
ފަހުގެ ތާރީހެއްގައި ބަންގްލަދޭޝްގައި ހިނގި، ވައިގެ މަގުގެ އެންމެ ބޮޑު ހާދިސާގައި އެ ގައުމުގެ ޑާކާގެ ސްކޫލު އަދި ކޮލެޖު ކެމްޕަހެއް ހިމެނޭ ސަރަހައްދަށް އެ ގައުމުގެ މިލިޓަރީ ޖެޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 31 އަށް އަރާފައި ވާއިރު އަނިޔާވެގެން ފަރުވާ ދީފައިވާ މީހުންގެ އަދަދު 170 އިން މައްޗަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، އަނިޔާވީ މީހުންގެ ތެރެއިން 69 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އެއިން ބައެއް މީހުންގެ ހާލު ދެރަ ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި އެފް-7 ބީޖޭއައި މަރުކާގެ ޖެޓު ވެއްޓިފައިވާ ސަބަބު އަދި މިހާތަނަށް ހޯދިފައި ނުވާއިރު ޖެޓުން ދަތުރުކުރި ޕައިލެޓުވެސް އެ ހާދިސާގައި މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖެޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަސްލު އަދަދު ސަރުކާރުން ހާމަ ނުކުރާ ކަމަށްބުނެ އާންމުން ވަނީ އެ ސްކޫލު ކެމްޕަސް ހިމެނޭ ސަރަހައްދުގައި މުޒާހަރާވެސް ކުރަން ފަށައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ