ސައްޔާރާގެ ޑިޖިޓަލް ރައިޓްސް ނެޓްފްލިކްސް އިން ގަނެފި އެވެ.
'ސައްޔާރާ' އަކީ މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ، އަހާން ޕަންޑޭ އާއި އަނީތު ޕައްޑާގެ ފުރަތަމަ ފިލްމެވެ. މިމަހުގެ 18 ގައި ރިލީޒްކުރި މި ފިލްމަކީ ގައުމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ، ވަރަށް ކާމިޔާބު ފިލްމެކެވެ.
ބެލުންތެރީންގެ ފަރާތުން މި ފިލްމަށް ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާއިރު، އޯ.ޓީ.ޓީ އިން ބަލަން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކަމަށް މީސް މީޑިއާގައި ވަނީ ފާހަގަކޮށްފައެވެ. ނެޓްފްލިކްސް އިން މި ފިލްމު ގަތުމަކީ އެހުރިހާ އެންމެނަށް އޮތް އުފާވެރި ހަބަރެއް ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.
'ސައްޔާރާ' ތިއޭޓަރުގައި ދައްކާތާ 8 ހަފުތާ ފަހުން، ނުވަތަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އޯ.ޓީ.ޓީ ޕްލެޓްފޯމުން ބަލައިލެވޭނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ.
ޔާޝް ރާޖް ފިލްމްސް އިން އުފައްދާފައިވާ މި ފިލްމަކީ 3 އަހަރު ފަހުން މޯހިތު ސޫރީ ޑައިރެކްޝަނަށް އެނބުރި އައިސް ކާމިޔާބު ކަމާއެކު އުފެއްދި ފިލްމެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް