މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދަން މި ފަހުން ބޭނުންކުރަން ފެށި ގްލޯބަލް ޕަމްޕުގެ އިތުރު ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ދެ ޕަމްޕު ސަޕްލައި ކޮށްދޭން ޝައުގުވެރިވާ މީހުންނަށް މައުލޫމާތު ދިނުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކައުންސިލުގެ އިދާރާގެ އޮފީހުގައި ކަމަށެވެ. އަދި އެ ހުށެހެޅުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ 9:00 ގައި ކަމަށްވެސް ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ، ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން "ގްލޯބަލް ޕަމްޕް 6 ޖީއެސްޓީ ސީ މޫވްމަން"ގެ ދެ ޕަމްޕު ގެނެސްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
އެ ދެ ޕަމްޕަކީ މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރު ކުރެވޭ ދެ ޕަމްޕެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
މާލެއިން މީހުން ބާލާ އެހެންތަނެއްގަ ވަޒަން ވެރި ކުރޭ! ދިވެހި ރާއްޖޭގެރައްޔިތުން ދަރަނިވެރިކޮށް ލޯނުނަގާގެން މާލެ މީހުންނަށް ބިން ހިލޭ، ބަޖެޓް އެއްކޮށް މާލެ މާލެ މާލެ ފެން ހިއްކުމަށް، ބަދަލުގަ މާލޭރައްޔިތުން ރެއާއި ދުވާލު ގައުމުގެ އަގުވައްޓަން މުޅިދުނިޔޭޣެ ފޯރަމް ތަކުގަ ވަކާލާތު ކުރަނީ، ވިޔަފާރިތަށް ބޮއިކާތު ކުރަން ގޮވަނީ، ރާބޮނީ، ފަތްބޮނީ، ރަށުރައްޔިތުން ފެލަނީ!
ޒޭންސު - 11 މަސް ކުރިން