އެމެރިކާގެ ކުރީގެ ސިފައިންނަށް ހަމަލާދޭން އުޅޭކަމަށްބުނެ ސަމާލުވުމަށް އިންޒާރު ނެރެފިއެވެ.
އެެމެރިކާގެ މިލިޓަރީން ނެރެފައިވާ އިންޒާރުގެ ބަޔާނުގައި އެ ގައުމުގެ ސިފައިންގެ ގޮތުގައި ހިދުމަތްކުރުމަށްފަހު ރިޓަޔާވެފައިވާ ސްޕެޝަލް އޮޕަރޭޝަންގެ ސިފައިންނަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.
އެމެރިކާގެ މިލިޓަރީން ނެރުނު އިންޒާރުގެ މެމޯގައިވާގޮތުން ސީރިއާ އާއި އިރާގުގައި މީގެ ކުރިން ހަރަކާތްތެރިވި އެމެރިކާ މިލިޓަރީ ސިފައިންގެ ތެރެއިން ސްޕެޝަލް އޮޕަރޭޝަންގައި ހަރަކާތްތެރިވި ވަކިވަކި ސިފައިންނަށް ހަމަލާ އަމާޒު ވެދާނެ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައިވާ ގޮތުން ހަމަލާގެ ނުރައްކާ ބޮޑީ ފްލޮރިޑާ ސްޓޭޓުގައެވެ. ފްލޮރިޑާއަކީ އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑުގެ މައި އިދާރާ ހުންނަ ސްޓޭޓު ކަަމަށް އޮފިޝަލުން ބުނެއެވެ.
އެެމެރިކާގެ މިލިޓަރީން ނެރެފައިވާ އިންޒާރުގެ ބަޔާނުގައި މިލިޓަރީގެ ކުރީގެ މީހުންނަށް ނުރައްކާ އޮތް ނަމަވެސް މިހާރު ހިދުމަތުގައި ތިބި ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފާހަގަކޮށްފައިވެއެވެ.
އެމެރިކާއިން އިރާގާއި ސީރިއާގައި ޓެރަރިސްޓުންނާ ދެކޮޅަށް ކަމަށްބުނެ ހިންގި ހަނގުރާމައިގައި އެ ގައުމުގެ ސްޕެޝަލް އޮޕަރޭޝަންގެ ގިނަ އަދަދެއްގެ ސިފައިން ހިދުމަތްކޮށްފަައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
އިރާނު-އިޒްރޭލު ހަނގުރާމަ
ބޭރު ކުޅިވަރު