އިރާގުގެ ޝޮޕިން މޯލެއްގައި ރޯވެ 61 މީހަކު މަރުވެެއްޖެއެވެ.
އިރާގުގެ ކުޓް ސިޓީގައި ހުރި ފަސްބުރީގެ ޝޮޕިން މޯލްގައި ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 61 އަށް އަރާފައިވާއިރު ގިނަ ބަޔަކު ގެއްލިފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
މީގެ ފަސް ދުވަސް ކުރިން ހުޅުވި އެ ޝޮޕިން މޯލްގައި އިއްޔެ ހިނގި ހާދިސާގައި އަލިފާންގަނޑު ރޯވެ ފެތުރިގެން ދިޔައީ ވަރަށް ހަލުވިކޮށް ކަމަށާއި މީހުންނަށް ސަލާމަތްވާން ފުރުސަތު ނުލިބުނީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޝޮޕިން މޯލުގައި ރޯވުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް އިދާރާތަކުން ފެށިނަމަވެސް އެ އިމާރާތުގެ ހުރިހާ ބުރިޔަކަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.
އިރާގުގެ އިންޓީރިއާ މިނިސްޓްރީން އިސްނަގައިގެން އެ ގައުމުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު މިހާތަނަށް ބެލިބެލުމުން އެ އިމާރާތުގައި އަލިފާން ނިއްވުމުގެ އެއްވެސް އާލާތެއް ހަރުކޮށްފައި ނެތް ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު