ވީޑިއޯއެއް ހަދައިގެން 12000 ރުފިޔާ ލިބޭ މުބާރާތެއް މާލޭ ސިޓީކައުންސިލުން ޒުވާނުންނަށް ހުޅުވާލައިފި އެވެ.
މާލެ ސިޓީކައުންސިލުން އިއްޔެ ބުނީ ދުނިޔޭގެ ޒުވާނުންގެ ހުނަރުވެރި ކަމުގެ ދުވަހާ ގުޅިގެން ހުޅުވާލި އެ މުބަރާތަކީ ޒުވާނުންގެ ހުނަރު އިތުރުކުރުމާއި ޒުވާނުން ބާރުވެރިކުރުމުގެ މަގުސަދުގައި މާލެ ސިޓީކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ.
18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަށް ވީޑިއޯ ޕޯސްޓް ކުރުމުގެ އެންމެ ފަހުގެ ތާރިހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
މި މުބާރާތަކީ "އެންމެން އެކުގައި ސާފު އަދި ރައްކާތެރި މުޖްތަމައެއް ބިނާ ކުރުން" މި ޝިއާރުގެ ދަށުން އެއް މިނެޓާއި ދެ މިނެޓާ ދޭތެރޭގެ ވީޑިއޯއެއް ހެދުމަށް ފަހު، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގައި ޕޯސްޓް ކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.
އޭގެ ތެރެއިން އެއް ވަނައަށްދާ ފަރާތަށް 12،000 ރުފިޔާ، ދެ ވަނައަށް ހޮވޭ ފަރާތަށް 8،000 ރުފިޔާ އަދި ތިން ވަނައަށް 6،000 ރުފިޔާ ދޭން ހަމަޖެހިފައިވެއެވެ. އިތުރު ހަދިޔާތަކާއި ސެޓްފިކެޓެއް ދިނުމަށް ނިންމާފައިވާއިރު ވަނަތައް ހޮވުމުގައި ބަލާނީ އެންމެ ގިނަ ފަރާތްތަކުން އެ ވީޑިއޯއެއް ޝެއާ ކޮށްފައިވާ ފަރާތަތްތަކަށް ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
ފައިސާގެ އިނާމު ތަކާއި އަދިވެސް އެހެނިހެން އިނާމްތައް ހުށަހެޅިފައިވާ އެ މުބާރާތަށް ހުށަހަޅާ ވީޑިއޯތައް، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އެކި ސޯޝަލް މީޑިއާ މަންސަ ތަކުގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަން ވާނީ މާލެސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ހޭޝްޓެގް ބޭނުން ކޮށްގެން ކަމަށްވެސް އެ ކައުންސިލްގެ ޕޯސްޓްގައި ހާމަކޮށްފައިވެއެވެ.
ފާތިމަތު ލިއުޝާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް