އެމެކްސް ޕްލެޓިނަމް ކާޑުން ވިޔަފާރިކޮށްގެން ސިންގަޕޫރުގައި އޮންނަ މަޝްހޫރު ކާރު ރޭސިން މުބާރާތް، "ފޯމިއުލާ 1" ބަލައިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށް ކަމަށާއި އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕީއޯއެސް މެދުވެރިކޮށް، އޮންލައިން އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގައި ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި 3،000 ރުފިޔާއަށްވުރެ މަތިން ވިޔަފަރިކޮށްގެން ކަމަށެވެ.
މިމަހުގެ ނިޔަލަށް އެމެކްސް ޕްލެޓިނަމް ކާޑުން މުއާމަލާތް ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ކަސްޓަމަރަކަށް، އިތުރު ދެ ބޭފުޅަކާއެކު ފޯމިއުލާ 1 ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އޭގެ އިތުރުން އެމްކްސް ސްކައި ސޫޓް ޓިކެޓް، އެފް1 ސިންގަޕޯ ގްރޭންޑް ޕްރިކްސް 2025 އަށް ތިން ދުވަހުގެ އެކްސެސް އާއެކު އެމެކްސް ސްކައި ސޫޓް ފާސް، ސިންގަޕޫރުގައި ތިން ރޭ ހުރުން އަދި ހާއްސަ އެފް1 ގިފްޓް މާޗަންޑައިސް ޕެކް ހިމެނޭ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.
އެމެކްސްއާ އެކީ ބީއެމްއެލުން ހާސިލުކުރި ކާމިޔާބީތަކާއި ލަނޑުދަނޑިތަކުގެ ތެރޭގައި ބީއެމްއެލުުން ރާއްޖޭގައި ފުރަތަމަ ކްރެޑިޓް ކާޑުތައް ތައާރަފުކޮށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ބާރުދިނުން ހިމެނެއެވެ.
އޭގެ އިތުރުން އެމެކްސްގެ ހިދުމަތް ބަލައިގަތުން ތައާރަފުކޮށް، އަވަސް ސްޕީޑެއްގައި ކުދި ފިހާރަތަކުން ފެށިގެން ރާއްޖެއިން ދުނިޔޭގެ މަންޒިލަކަށް ހަދާފައިވާ ރިސޯޓުތަކާ ހަމައަށް އެ ހިދުމަތް ފުޅާކުރުމާއި އެމްކްސްއާއެކު "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕޭން ފަށައިފައިވެއެވެ.
އަދި ބީއެމްއެލުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް އެމެކްސްގެ ފުޅާ ނެޓްވޯކްގައި ރާއްޖެ މަޝްހޫރުކޮށްދީފައެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް