ސިދާތު މަލޯތްރާ އާއި ކިއާރާ އަދްވާނީ އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
ދެމަފިރީންގެ ފަރާތުން ރަސްމީކޮށް އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި މި ކުއްޖާ އުފަންވެފައި ވަނީ މުމްބާއީގެ ރިލަޔަންސް ހޮސްޕިޓަލްގައި ނޯމަލް ޑެލިވަރީއަކުންނެވެ. މަންމަ އާއި ދަރިފުޅުގެ ހާލު ރަނގަޅުކަމަށް ހަބަރުތައް ބުނެއެވެ.
މިދިޔަ ފެބްރުއަރީ މަހު އެ ދެމަފިރިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ބަނޑުބޮޑުވި ކަމުގެ ހަބަރު ހިއްސާކޮށްފައެވެ.
ސިދާތު އާއި ކިއާރާ އެންމެ ފުރަތަމަ ބައްދަލުވީ ޕާޓީއަކުން ކަމަށް އެމީހުން ކުރީން ބުނެފައިވެއެވެ. އެ ދެމީހުންގެ ލޯބީގެ ގުޅުން ބޮޑުވެފައިވަނީ އެމީހުންގެ ފުރަތަމަ ފިލްމު "ޝޭރްޝާހު" ގެ ސެޓުން ކަމަށްވެސް ބުނެފައިވެއެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ރާޖަސްތާންގެ ޖައިސަލްމޭރުގައި ވަރަށް ހުވަފެނީ ކައިވެންޏެއް ވެސް ވަނީ ކޮށްފައެވެ.
މަސައްކަތުގެ ގޮތުން ބަލާއިރު، ސިދާތު ޖާންވީ ކަޕޫރާއެކު "ޕަރަމް ސުންދަރީ" އިން ފެނިގެންދާނެއެވެ. ކިއާރާ ރިތިކް ރޯޝަން އާއި ޖޫނިއަރ އެންޓީއާރް އާއެކު "ވޯރ 2" އިން ފެންނާނެއެވެ. ރަންވީރު ސިންގާއެކު "ޑޯން 3" ގައި ހަރަކާތްތެރިވާން ހަމަޖެހިފައިވީ ނަމަވެސް، ބަނޑުބޮޑުވުމުގެ ސަބަބުން ކިއާރާ ވަނީ މި ފިލްމުން ވަކިވެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް