ސްޓެލްކޯއިން ދޫކޮށްފައިވާ ފްލެޓްތަކަށް، ފައިސާ ނުދައްކާ ފަރާތްތަކުގެ އެގްރީމެންޓްތައް ބާތިލު ކުރުމަށް އެ ކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދެއަކުން ފްލެޓް ލިބިފައިވާ ފަރާތްތަކުން ކުލީގެ ގޮތުގައި މިހާތަނަށް އެ ކުންފުންނަށް ދައްކަން ޖެހޭ ފައިސާގެ މައްސަލައާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ވަނީ ބަހުސްކޮށްފައެވެ.
މި ބައްދަލުވުމުގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ވިދާޅުވީ، ފްލެޓްތައް ދޫކުރުމުގައި ސްޓެލްކޯއިން އެގްރީމެންޓް ހަދާފައި ވަނީ، ކުލި ނުދައްކައިފިނަމަ ދަށް މުވައްޒަފުންގެ މުސާރައިން އެ ފައިސާ ކެނޑޭގޮތަށް ކަމަށެވެ. ނަމަވެސް ކުންފުނީގެ ބޯޑު މެންބަރުންގެ ގޮތުގައާއި، ސިޔާސީ އިސް މަގާމުތަކުގައި މީގެ ކުރީން ތިއްބެވި ބޭފުޅުންގެ އަތުން އެގޮތަށް ކުލީގެ ފައިސާ ކެނޑޭގޮތަށް ނެތުމުން އެއީ ހަމަހަމަ އެގްރީމެންޓެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
ކުލި ނުދައްކާ ދެލައްކަ ތިންލައްކަ ރުފިޔާއަށް އަރާއިރު އެ ފަރާތްތަކަށް ލުއިތައް ދީފަ ބޭތިއްބުމަކީ އިންސާފެއްނޫން ކަމަށާއި އެފަރާތްތަކަށް އެކަން އަންގައި އެގްރީމެންޓްތައް ބާތިލުކުރަން ޖެހޭ ކަމަށްވެސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، މުވައްޒަފުންގެ މުސާރައިން ކުލީފައިސާ ކެނޑޭގޮތަށާއި، އިސް ފަރާތަކުން އެ ފައިސާ ނުކެނޑޭގޮތަށް އޮތުމަކީ، އެ ފަރާތްތަކާއެކު އެގްރީމެންޓް ހަދާފައިވާ ގޮތް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ އެގްރީމެންޓްގެ ތެެރެއަށް ކޮމެޓީން ވަނުމުގެ ބަދަލުގައި އެހެން ގޮތަކުން އެފައިސާ ހޯދަން މަސައްކަތްކުރުން ރަނގަޅުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެކި ފަރާތްތަކުން ސްޓެލްކޯއަށް ލިބެން ހުރި ފައިސާ ހޯދަން އެކުންފުނިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓް ބިލަށް ނުދައްކާ ފައިސާ ހޯދުމަށް ބާރު އެޅުމުގެގޮތުން، އެފަދަ ތަންތަނުން ކަރަންޓު ކަނޑާލާ ކަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެގޮތަށް ކުލި ދައްކަންދެން، ކުލި ނުދައްކާ ފްލެޓްތަކުން ކަރަންޓް ކަނޑާލުމަކީ ސްޓެލްކޯއަށް ކުރެވިދާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންމެ ގިނައިން ދައްކަން ޖެހޭ ފަރާތުންވެސް އެއްލައްކަ އަށްޑިހަ ހަތްހާސް ދައްކަން އެބައޮތް، އެހެންވީމާ އަޅުގަނޑުގެ ހުށަހެޅުމަކީ ފައިސާ ނުދައްކާ ފްލެތްތަކުން ކަރަންޓް ކަނޑާލުން، އޭރުން މަޖުބޫރުވާނެ ދައްކަން،" ޝުޖާ ވިދާޅުވިއެވެ.
ނަމަވެސް ކެލާ ދާއިރާގެ މެންބަރު ހުށަހެޅުއްވީ، ކުލި ނުދައްކާ ފްލެޓްތައް ދޫކޮށްފައިވާ ފަރާތްތަކަށް، އެގްރީމެންޓްގައިވާ ގޮތަށް، ކުލި ދައްކަން އެންގުމަށްފަހު، އެ ގްރީމެންޓް ބާތިލުކުރުމަށް ކޮމެޓީން ސްޓެލްކޯއަށް އެންގުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން އެވެ.
އެ ހުށަހެޅުން ވަނީ ކޮމިޓީން ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް
25 ބުރީގެ ފުލެޓުގަ ބޮޑުއަގުގައި ދީފަހުރި ތަންތަން ކިހިނެއްބާހަދަނީ މިސަރުކާރުން އަތުލަން ކެރޭނެބާ؟؟؟
ކަބަލުން - 11 މަސް ކުރިން