މޯލްޑިވިއަން އިން ކޮޗިން-މާލެ ދަތުރުތަކަށް ހާއްސަ ފެއާއެއް ތައާރަފުކޮށްފިއެވެ.

މޯލްޑިވިއަން އިން މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެއާގައި އެއްކޮޅު ޓިކެޓް ވިއްކާނީ 99 ޑޮލަރު (1،526.58 ރުފިޔާ) އަށެވެ. އަދި ދެކޮޅު ޓިކެޓް ވިއްކާނީ 240 ޑޮލަރު (3،700.80 ރުފިޔާ) އަށެވެ.

މި ހާއްސަ އޮފާ ކުރިއަށްދާނީ މިމަހުގެ 27 އިން އޮގަސްޓް ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވިއަން އިން ކޮޗިންއަށް ހާއްސަ ފެއާއެއް ތައާރަފުކޮށްފައިވާއިރު، އެ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ-330 މަތިންދާބޯޓުގައި ކޮޗިން އާއި ޓްރިވަންޑްރަމްގެ ދަތުރުތަކަށް އަންނަނީ ބޭނުން ކުރަމުންނެވެ.

ކޮޗިންއަކީ ބޭސްފަރުވާއަށް އާއްމު ގޮތެއްގައި ދިވެހީން ވަރަށް ގިނައިން ގޮސް އުޅޭ ސިޓީއެކެވެ.