ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްވަނީ ރައީސްގެ އެ ސިޓީފުޅު، މަޖިލީހަށް ތަޅުމަށް އިއްވައިދެއްވައިފައެވެ.
އެ ސިޓީފުޅުގައި ރައީސް އެދިވަޑައިގެންފައިވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމަތު ޝަފީގުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރު ކޮށްދިނުމަށް މަޖިލީހުން ގޮތެއް ނިންމައިދެއްވުމަށެވެ.
މަޖިލީހުގެ ތަޅުމުން ވަނީ އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފައެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގައި މަޖިލީހުން ފާސްކުރި ގާނޫނެކެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމަތު އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ. އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މިމަހުގެ 23 އަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު