ތިނަދޫ ސިޓީގައި ވޭޕް ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހަކު ދޫކޮށްލައިފިއެވެ.
ފުލުހުން މިރޭ "ވަން"އަށް ބުނީ ތިނަދޫގައި މަސައްކަތްކުރާ ކޮންސްޓަބަލެެއް ގާނޫނާއި ގަވައިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުނު ކަމަށެވެ.
އެ މައުލޫމާތުތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ފާސް ކުރި އިރު، ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކް، ވޭޕް، ވޭޕް ކާޓްރިޖު އަދި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 191.92 ގްރާމް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓު އަމުރު ސައްހަ ނޫންކަމަށް ކަންޑައަޅައި ބަންދުން ދުކޮށްލުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ބަންދުން ދޫކުރި އަމުރު އިސްތިނުފާނުކުރުމުގެ މަސައްކަތް ޕީޖީ އޮފީހާ ގުޅިގެން ކުރިއަށްގެންދާ ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑުކޮށް މައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕް އެތެރެކުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި އެ ތަކެތި ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާނަމަ ގާނޫނުގައިވާ ގޮތުން، އެ ތަކެތި އެތެރެެކުރާ މީހުން 50،000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އެއަށްފަހު ފެންނަ އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުވާގޮތަށް ޖޫރިމަނާކުރުމަށް ގާނޫނުގައިވެއެވެ.
މީގެ އިތުރުން އެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އެކަމަށް ހާއްސަ ލައިސެންސެއް އޮންނަ ފަރާތްތަކަށެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ރާއްޖެ ތަންފީޒީ މަރޮޙަލާ ފެއިލްޑް
ޝާޑް - 11 މަސް ކުރިން