ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރީ މއ. ރަބީއު / މާލެ، ސާއިފް އަހުމަދު ދީދީ 30އ. ކަމަށެވެ.
އާންުމު ރައްޔިތުންގެ އެހީގައި ސާއިފް ހައްޔަރުކުރީ ތަފާތު އެކި ދުވަސްމަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން ސާއިފް ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް 2 އިންނެވެ.
ފުލުހުން ބުނީ ސާއިފަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. ސްކޭމްގެ މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސްކޭމްގެ އެ މައްސަލަތައް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ކުށް
ކުށް
ކުށް
ކުށް