ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް ގަދަވެ، ވައި ބާރުވެ އަދި މެންދުރު ފަހު އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މީޓްލޮލޮޖިސްޓު ހުސެއިން ވަހީދު މިއަދު "ވަން" އަށް ވިދާޅުވީ ކުރިޔަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މެދު ރާއްޖެތެރެއާ އުތުރަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ވައިބާރުވާނެ ކަމަށާއި ރާއްޖޭގެ ދެކުނަށް އަށް މޭލާ 18 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށް މީޓްލޮޖިސްޓު ހުސެއިން ވިދާޅުވިއެވެ.
"ދުވާލުގެ ވަގުތުތަކަށް ބަލާއިރު، މިއަދު ދިޔަވަރު ބޮޑުވާ ގަޑިތައް، އުތުރުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނީ މެންދުރު 1:46 ގައި. އެއީ އެންމެ ބޮދު ދިޔަ މެދުރާއްޖެތެރެއަށް 2:30އާއި 2:26 ގައި ދެކުނަށް 3:03 ގައި މެންދުރެއްހާއިރު އުދައެރުމުގެ ފުރުސަތު އެބައޮތް." ހުސެއިން ވިދާޅުވިއެވެ.
ހުސެއިން އިތުރަށް ވިދާޅުވީ މެދު ރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި އެ ސަރަހައްދުގެ ރާޅުގެ އުސްމިން ހަތް ފޫޓަށް އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިނުގައި ތިންފޫޓާއި ފަސް ފޫޓު ހުރުން އެކަށީގެންވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ހުޅަނގު މޫސުން