ސަރުކާރުން ހަރަދުތައް ކުޑަކުރުމާއި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ސަބަބުން މިދިޔަ މަހުގެ ނިޔަކަށް ބަޖެޓުން 628.2 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސްގެ ރިޕޯޓުން ދައްކާ ގޮތުގައި، ދައުލަތަށް ވަނީ ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 18.58 ބިލިއަން ރުފިޔާ ލިބިފައެވެ. އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ، ޓެކްސްގެ އާމްދަނީއެވެ. އެގޮތުން ޖީއެސްޓީން ވަނީ 8.31 ބިލިއަން ރުފިޔާ ލިބިފައެވެ.
ރިޕޯޓުން އެނގޭ ގޮތުގައި ދައުލަތުގެ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާއެކު، ސަރުކާރުން ވަނީ ބޮޑު ހަރަދެއް ސަލާމަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 21.83 ބިލިއަން ރުފިޔާ ހަރަދުކުރިިއިރު މި އަހަރު ހަރަދުކޮށްފައިވަނީ 17.95 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ ތިން ބިލިއަން ރުފިޔާގެ ކުޑަ އަދަދެކެވެ.
ފިނޭންސްގެ ރިޕޯޓުން އެނގޭ ގޮތުގައި އެންމެ ބޮޑު ހަރަދެއް މި އަހަރު ކޮށްފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެގޮތުން އެ މިނިސްޓްރީއަށް 1.83 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ވަނީ 1.54 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް