ސެމްސަންގްގެ އާ ގެލެކްސީ ވޮޗް 8 ސީރީޒްގައި ދެ މޮޑެލާއެކު ނެރެފިއެވެ. އެއީ ގެލެކްސީ ވޮޗް 8 އަދި ގެލެކްސީ ވޮޗް 8 ކްލެސިކް އެވެ.

މި ގަޑިތަކުގެ ފަރުމާ ވަނީ ގެލެކްސީ ވޮޗް އަލްޓްރާއާ އެއްގޮތަށް ބޮޑުކޮށްފައެވެ. އެއީ ތުނި ކޭސްއަކާއި، މާ އުޖާލާ ސްކްރީނަކާއި، ހަރުދަނާ ސޮފްޓްވެއާކާ އެކުއެވެ. މި ސީރީޒްގައި ސިއްހީ އަދި ޕާފޯމަންސްގެ އެތައް އަޕްޑޭޓްތަކެއް ހިމެނޭއިރު، ވެއަރ އޯއެސް 6 އިން ހިންގާ އާ އިންޓަފޭސެއް ވެސް ހިމެނެއެވެ.

ފަރުމާ (ޑިޒައިން)

ވޮޗް 8 ސީރީޒްގައި ގެލެކްސީ ވޮޗް އަލްޓްރާގެ "ސްކުއަރކްލް ޝޭޕްޑް ކަޝަން ކޭސް" ބޭނުންކޮށްފައި ވެއެވެ.

  • ގެލެކްސީ ވޮޗް 8: ކުރީގެ މޮޑެލްތަކަށްވުރެ 11 އިންސައްތަ ތުނިވެފައި، ސްކްރީންގެ އަލިކަން 2,000 ނިޓްސް އިން 3,000 ނިޓްސް އަށް އިތުރުކުރެވިފައިވެއެވެ. 40މމ އަދި 44މމ ސައިޒުގައި ލިބެން ހުންނައިރު، ކުލަތަކަކީ ސިލްވަރ އަދި ގްރެފައިޓްއެވެ.
  • ގެލެކްސީ ވޮޗް 8 ކްލެސިކް: އެންމެ ސައިޒެއްގައި ލިބެން ހުންނައިރު، ކުލަތަކަކީ ހުދު އަދި ކަޅެވެ. މި މޮޑެލްގައި ކަސްޓަމަރުންގެ މެދުގައި މަގުބޫލު "ރޮޓޭޓިން ބެޒެލް" އަދި ކުރިން އަލްޓްރާގައި އެކަނި ހުރި "ކުއިކް ބަޓަން" ވެސް ހިމެނެއެވެ.

ދެ މޮޑެލްގައި ވެސް އާ "ޑައިނަމިކް ލަގް ސިސްޓަމް" ހިމެނޭތީ ބޭންޑް ބަދަލުކުރުން ފަސޭހަވެފައި، ހިތުގެ ވިންދުގެ ސީދާކަން 11 އިންސައްތަ ރަނގަޅުވެފައިވެއެވެ. ނަމަވެސް، މި ސިސްޓަމްގެ ސަބަބުން ކުރީގެ ގެލެކްސީ ވޮޗް ބޭންޑްސް މި މޮޑެލްތަކަށް ނުފެތޭނެ އެވެ.

https://youtu.be/0mk6B2QH-SU?si=lxnx7rpjarkXQdX8

ސޮފްޓްވެއާ އާއި ފީޗަރސް

ގެލެކްސީ ވޮޗް 8 ސީރީޒް ހިނގަނީ ވެއަރ އޯއެސް 6 ގެ މައްޗަށް ބިނާކޮށްފައިވާ "ވަން ޔޫއައި 8 ވޮޗް" އިންނެވެ. މިއީ އާ ޑިޒައިނެއްގެ އިންޓަފޭސްއެކެވެ.

  • "ނައު ބާރ" އަކީ މަލްޓިޓާސްކިން ރަނގަޅުކޮށް، ވޮޗް ފޭސް ކޮންޓްރޯލް ސެންޓަރަކަށް ބަދަލުކޮށްދޭ ފީޗާއެކެވެ.
  • ގިނައިން ބޭނުންކުރާ އެޕް ތަކަށް އަވަހަށް ވަނުމަށް "ފީޗަރޑް އެޕްސް ފޯލްޑަރ" އަކާއި، ވިޖެޓްސް އެއްތަނަށް ޖަމާކޮށް ގިނައިން ސްވައިޕްކުރުން މަދުކޮށްދޭ "މަލްޓި-އިންފޯ ޓައިލްސް" ވެސް ހިމެނެއެވެ.
  • ސިއްހަތާއި ފިޓްނެސް ޓްރެކިންގް ވެސް ވަނީ ރަނގަޅުކޮށްފަވެ. ނިދީގެ ކޯޗިންގް އިން ވަކިވަކި މީހުންނަށް ކަސްޓަމައިޒް ކުރެވިފައިވާ ނިދުމުގެ ވަގުތުތައް ހުށަހަޅާނެ އެވެ. އަދި ނިދީގައި ހިތުގެ ވިންދު ބަލަން ފަށަނީ ތިން ރޭގެ ބޭސިކް ޑޭޓާ ހޯދުމަށްފަހުގައެވެ.
  • "އެންޓިއޮކްސިޑެންޓް އިންޑެކްސް" ފީޗާއެއް އިތުރުކުރެވިފައިވާއިރު، މިއީ ސިއްހަތަށް ރަނގަޅު ކާނާ އިހުތިޔާރުކުރުމަށް މަގުދައްކައިދޭނެ ފީޗާއެކެވެ.
  • ދުވާ މީހުންނަށް، ސެމްސަންގް ހެލްތު އެޕްގައި އާ "ރަނިން ކޯޗް" ފީޗާސް ހިމެނެއެވެ. މިއީ ވަކިވަކި މީހުންނަށް ކަސްޓަމައިޒް ކުރެވިފައިވާ ތަމްރީނުތަކާއި، ރިއަލް-ޓައިމް ފީޑްބެކް ދިނުމުގެ ފީޗަރސްތަކެކެވެ. މި އެންމެހައި ކަންކަން ސަބްސްކްރިޕްޝަނެއް ނެތި ލިބެން ހުންނާނެ އެވެ.
  • ގެލެކްސީ ވޮޗް 8 ގައި ގޫގުލްގެ "ޖެމިނީ އޭއައި އެސިސްޓެންޓް" ވެސް ހިމެނެއެވެ.

ބެޓެރީއާއި ސްޓޯރޭޖް

މި ސީރީޒްގެ ހުރިހާ މޮޑެލްތަކެއްގެ ބެޓެރީ ކެޕޭސިޓީ 8 އިންސައްތަ އިތުރުކުރެވިފައިވެއެވެ.

ގެލެކްސީ ވޮޗް 8: 40މމ މޮޑެލްގައި 325mAh ބެޓެރީއާއި، 44މމ މޮޑެލްގައި 435mAh ބެޓެރީ ހިމެނެއެވެ. ސްޓޯރޭޖް ކެޕޭސިޓީ އަކީ 32 GB އެވެ.

ވޮޗް 8 ކްލެސިކް: 445mAh ބެޓެރީއަކާއެކު، ސްޓޯރޭޖް ކެޕޭސިޓީ 64 GB އަށް އަޕްގްރޭޑް ކުރެވިފައިވެއެވެ.