ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 7 އަދި ޒެޑް ފްލިޕް 7 ނެރެފިއެވެ.

ގެލެކްސީ ޒެޑް ފޯލްޑް 7 އަކީ މި ސީރީޒްގެ ތެރެއިން އެންމެ ތުނި އަދި އެންމެ ލުއި ފޯނެވެ. މީގެ ބަރުދަނަކީ 215 ގްރާމެވެ. ފަތްޖަހާފައި ހުންނައިރު 8.9 މިލިމީޓަރުގެ ތުނިމިނެއް ހުންނައިރު، ހުޅުވާލުމުން 4.2 މިލިމީޓަރަށް ތުނިވެއެވެ. މި ފޯނުގައި 6.5-އިންޗީގެ ޑައިނަމިކް އެމޯލެޑް 2އެކްސް ކަވަރު ޑިސްޕްލޭއަކާއި، 8-އިންޗީގެ ޑައިނަމިކް އެމޯލެޑް 2އެކްސް މައި ޑިސްޕްލޭއެއް ހިމެނެއެވެ. މައި ޑިސްޕްލޭ ކުރީގެ މޮޑެލްއަށްވުރެ %11 ބޮޑުވެފައި، 2600 ނިޓްސްގެ ބްރައިޓްނެސްއަށް އަލިކުރެވޭނެ އެވެ. ފޯނުގައި %50 ބޯ އަލްޓްރާ-ތިން ގްލާސްއާއި، %10 ވަރުގަދަ އާމަރ އެލުމިނިއަމް ފްރޭމް/ހިންޖް ބޭނުންކޮށްފައިވެއެވެ.

ގެލެކްސީ ޒެޑް ފޯލްޑް 7 ގެ ޕާފޯމަންސަށް ބަލައިލާއިރު، މިއީ އޭއައި ޕްރޮސެސިންގަށް ހާއްސަކޮށްފައިވާ ސްނެޕްޑްރެގަން 8 އެލިޓް ފޯ ގަލެކްސީ ޕްރޮސެސަރު ބޭނުންކޮށްފައިވާ ފޯނެކެވެ. ކެމެރާ ސެޓަޕްގައި ތިން ކެމެރާ ހިމެނޭއިރު، ޒެޑް ސީރީޒްގައި ފުރަތަމަ ފަހަރަށް 200 މެގާޕިކްސެލްގެ ވައިޑް-އެންގަލް ކެމެރާއެއް ހިމެނެއެވެ. މީގެ އިތުރުން ސެލްފީ އަދި ވީޑިއޯ ކޯލްތަކަށް 10 މެގާޕިކްސެލްގެ ފްރޮންޓް ކެމެރާއެއް ހުރެއެވެ. ފޮޓޯއާއި ވީޑިއޯގެ ކޮލިޓީ ރަނގަޅު ކުރުމަށް ޕްރޮވިޝުއަލް އިންޖީން، ނައިޓް ވީޑިއޯ މޯޑް، އަދި 10-ބިޓް އެޗްޑީއާރު ހިމަނާފައިވެއެވެ.

https://www.instagram.com/reel/DL48RORopP2/?igsh=eWNnMW43azNlZHR0

ސޮފްޓްވެއާއަށް ބަލާއިރު، ގެލެކްސީ ޒެޑް ފޯލްޑް 7 ދުވަނީ އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ވަން ޔޫއައި 8 އިންނެވެ. އޭއައި ފީޗާސްތައް ފުޅާ ދާއިރާއެއްގައި މި ފޯނުގައި ހިމެނެއެވެ. މިގޮތުން ޖެމިނީ ލައިވް، ސާކަލް ޓު ސަރޗް، އޭއައި އުފައްދާ ކޮންޓެންޓް، ޑްރޯއިން އެސިސްޓް، އަދި ރައިޓިން އެސިސްޓް ފަދަ ވަސީލަތްތައް ހިމެނެއެވެ. ބޮޑު ޑިސްޕްލޭގެ ސަބަބުން މަލްޓިޓާސްކް ކުރުމަށް ފަސޭހަވެފައި، އެތައް ކަމެއް އެއްފަހަރާ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ގެލެކްސީ ޒެޑް ފޯލްޑް 7 އަށް ޕްރީ-އޯޑަރު ކުރަން ހުޅުވާލީ އިއްޔެއެވެ. އަދި ވިއްކަން ފަށާނީ ޖުލައި 25 ވަނަ ދުވަހުން ފެށިގެންނެވެ. މި ފޯނު ބްލޫ ޝެޑޯ، ސިލްވަރ ޝެޑޯ، ޖެޓް ބްލެކް، އަދި އޮންލައިން-އެކްސްކްލޫސިވް މިންޓް ކުލައިން ލިބެން ހުންނާނެއެވެ. ސެމްސަންގް ކެއަރ+ ގެ ހިދުމަތްތަކާއި، 6 މަސް ދުވަހުގެ ގޫގަލް އޭއައި ޕްރޯ، އަދި ނިއު ގަލެކްސީ ކްލަބް ޕްރޮގްރާމް މެދުވެރިކޮށް 2 ޓެރަބައިޓްގެ ކްލައުޑް ސްޓޯރޭޖް ވެސް މި ފޯނު ގަންނަ ފަރާތްތަކަށް ލިބޭނެއެވެ.