މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ 100 ވަނަ އުފަންދުވަސް ފާހަގަކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ހުކުރު މިސްކިތުގެ މޮޑެލްއެއް ކަމަށް ހަދިޔާކުރައްވައިފިއެވެ.
ކުރީގެ ރައީސް މައުމޫން މިވަގުތު ހުންނެވީ ދަތުރުފުޅެއްގައި މެލޭޝިއާގައެވެ.
ކުރީގެ ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަރިހަށް މައުމޫން ޒިޔާރަތްކުރައްވައި، މަހާތީރުގެ 100 ވަނަ އުފަންދުވަހަށް ހޫނު ތަހުނިޔާއާއި ހެޔޮއެދުންތައް މައުމޫނު އަދާކުރެއްވި ކަމަށެވެ.
ޕެރްޑާނާ ލީޑާޝިޕް ފައުންޑޭޝަންގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ މަހާތީރަށް ހުކުރު މިސްކިތުގެ މުންނާރުގެ ހަނދާނީ މޮޑެލް ހަދިޔާކުރެއްވިއެވެ.
ރައީސް މައުމޫންގެ އޮފީހުން ބުނީ އެ މޮޑެލް ހަދިޔާކުމުގެ ބޭނުމަކީ ޑރ. މަހާތީރުގެ އުމުރުދުވަހުގެ ހިދުމަތަށް އިހުތިރާމާއި ތައުރީފު ރަމްޒުކޮށްދިނުމަށް ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މެލޭޝިއާއާ ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުމާއި، ލީޑާޝިޕްގެ ރޮނގުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ތަޖުރިބާތަކާއި، އިސްލާމީ މުޖުތަމައުގެ ތެރޭގައި ސުލްހަމަސަލަސްކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަމަށް ދެ ގައުމުން ކުރަމުންދާ އުންމީދުތަކުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށް ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
މަހާތީރުގެ ވިސްނުމާއި ހެޔޮވެރިކަމާއި މުސްލިމުންގެ އެއްބައިވަންތަކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މައުމޫން ވަރަށް ބޮޑަށް އިހްތިރާމު އަދާކުރެއްވިއެވެ. އަދި ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދުނިޔޭގެ ގިނަ ލީޑަރުން ފިޔަވަޅު ނޭޅުމުން މައުމޫނާއި މަހާތީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި މެލޭޝިއާއިން ރާއްޖެއާ މެދު ބެހެއްޓި އަގުހުރި ރަހުމަތްތެރިކަމަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.
ފާތިމަތު ލިއުޝާ
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
މި ހަބަރު ލިޔުނީ ލޮލަށް ނުފެންނަ އަނދިރި މީހަކުބަ. ފޮޓޯއިން އެ ފެންނަނީ ހުކުރު މިސްކިތުގެ މުންނާރުކަން ނޭނގޭނީ އަނދިރި ވީމަތާ.
އަލީ - 11 މަސް ކުރިން