ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފައުންޑޭޝަން "މައުމޫން ފައުންޑޭޝަން" އިން އިސްނަގައިގެން އެ ފައުންޑޭޝަންގެ މިއަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް ރޭ ބާއްވައިފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި އެ ފޯރަމްގައި މައުމޫން ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަ ބިނާ ކުރައްވާފައިވަނީ "ރަމަޟާން މަހަކީ އަޅުކަމާއި ބާއްޖަވެރިކަމުގެ މަސް" މި މައުލޫއަށެވެ.
ރޭގެ ފޯރަމްގައި މައުމޫންގެ އިތުރުން ޑރ. ސައުދުﷲ އަލީވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.
މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދެން އިހްޔާ ފޯރަމްގެ ޖަލްސާއެއް އޮންނާނީ މާޗް 3 ވަނަ ދުވަހާއި 10 ވަނަ ދުވަސް އަދި 17 ވަނަ ދުވަހު އެވެ. އެއީ މި ރަމަޟާން މަހުގެ ކޮންމެ އަންގާރަ ދުވަހެއްގެ ރެ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އިހްޔާ ފޯރަމްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުންވެސް އެ މަނިކުފާނު ގެންދަވަނީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު އިހްޔާ ފޯރަމްތައް ބާއްވަވަމުންނެވެ.
އެ ޖަލްސާތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އާއިޝަތު މާހާ
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް