ޖަޕާނާއި ދެކުނު ކޮރެއާގެ މުދަލުން ޓެރިފް 25 ޕަސެންޓަށް ބޮޑު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްްޖެއެވެ.

އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ނެގުމަކީ ރައީސް ޓްރަމްޕްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވަނީ އެ މަސައްކަތް ފައްޓަވައި އެގައުމަށް ބޭރުން އެތެރެ ކުރާ މުދާ ގެންނަ ބައެއް ގައުމުތަކުން ނަގާ ޓެރިފް ބޮޮޑު ކުރައްވައިފައެެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެގައުމަށް ޖަޕާނާއި ދެކުނު ކޮރެއާއިން އެތެރެކުރާ މުދަލުން 25 ޕަސެންޓާ ހަމައަށް ޓެރިފް ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ބަދަލުގެނެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާނެ ކަމަށް ވިދާޅުވިއެވެ.

ޖަޕާނާއި ދެކުނު ކޮރެއާއިން އެތެރެކުރާ މުދަލުން 25 ޕަސެންޓާ ހަމައަށް ޓެރިފް ބޮޑުކުރަން ނިންމައި ދެ ގައުމަށް ވެސް ސިޓީ ފޮނުއްވާފައިވާނެ ކަމަށް ވެސް ޓްރަމްޕްގެ ވިދާޅުވިއެވެ.

ޓްރަމްޕްގެ ސިޓީގައި ވަނީ ޓެރިފް ބޮޑުކުރުމަށް ނިންމި ނަމަވެސް އެނިންމުމަކީ ކުރިން ނިންމާފައިވާ އަދަދަށް ވުރެ ކުޑަ އަދަދެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ޓެރިފް އިން ސަލާމަތް ވުމަށް ބޭނުންވާ ކޮންމެ ގައުމަކުން ވެސް އެގައުމުގެ އުފެއްދުންތައް އެމެރިކާގައި އުފެއްދުމަށް ޓްރަމްޕް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.