ޓެކްސަސްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 67 އަށް އަރައިފިއެވެ.
ޓެކްސަސްގެ މެދުތެރޭ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި އެ ސަރަހައްދުގައި އޮންނަ ގުއާޑަލުޕޭ ކޯރު މިދިޔަ ހުކުރު ދުވަހު ބަންޑުން ވުމުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު 67 އަށް އަރާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މަރުވި މީހުންގެ ތެރޭގައި 21 ކުޑަކުދީން ހިމެނޭ ކަމަށް އޮފިޝަލުން ބުނެފައިވާއިރު މިހާތަނަށް 11 ކުއްޖަކު ގެއްލިފައިވާކަމަށާއި އެ ކުދީން ހޯދުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ގެއްލިފައިވާ މީހުން ހޯދުމަށް ރެސްކިއު ޓީމުތައް ވައިގެ މަގުންނާއި އެއްގަމު މަގުން ހަރަކާތްތެރިވަމުން އަންނަ އިރު ގިނަ އަދަދެއްގެ ބަޔަކު ހިލޭސާބަހަށްވެސް އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހިނގި އެ ހާދިސާއާ ގުޅިގެން އިއްޔެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެކްސަސް ހިމެނޭ ސަރަހައްދަކީ ކާރިސާއެއް ކުރިމަތިވެފައިވާ ސަރަހައްދެއް ކަމަށް ރަސްމީކޮށް އިއުލާން ކުރައްވައިފައެވެ.
ޓެކްސަސްގައި ފެންބޮޑުވުމުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ޔޫތު ކޭމްޕެއްވެސް ކުރިޔަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނާއިރު މަރުވި މީހުނާއި ގެއްލުނު މީހުންގެ ތެރޭގައި ގިނައީ އެ ކޭމްޕުގެ ބައިވެރީންނެވެ.
ކޭމްޕުގައި ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް 850 މީހުން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ހުޅުމާލެ
ބޭރު ކުޅިވަރު
ރިޕޯޓް