ރަންވީރު ސިންގްގެ އަންނާތް އޮތް ފިލްމު "ދޫރަންދަރް" ގެ ފުރަތަމަ މަންޒަރު ރިލީޒްކޮށްފިއެވެ.
މި ފިލްމަކީ ސްޕައި ތްރިލަރެކެވެ. ރަންވީރުގެ އިތުރުން ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް އަދި އާރް މާދަވަން ފަދަ ތަރީން ވެސް ހިމެނޭ މި ފިލްމުން، ލީޑް ރޯލަކުން ފުރަތަމަ ފަހަރަށް ފެނިގެންދަނީ މަޝްހޫރު ކުޑަކުދީންގެ ތަރިއެއް ކަމަށްވާ ސާރާ އަރުޖުން އެވެ.
ސާރާ އަރުޖުންއަކީ 2005 ވަނަ އަހަރު އުފަންވި، އެކްޓަރު، ރާޖު އަރުޖުންގެ ދަރިފުޅެކެވެ. ސާރާ ފުރަތަމަ އިޝްތިހާރަކުން ފެނުނީ އުމުރުން އެއްއަހަރުގައެވެ. އެންމެ ބޮޑަށް ފާހަގަވީ 2011 ވަނަ އަހަރުގެ ތަމަޅަ ފިލްމު "ދެއިވާ ތިރުމަގަލް" އިންނެވެ.
2022 ވަނަ އަހަރު ސާރާ އެންމެ ފަހުން ފެނިގެންދިޔަ މަޝްހޫރު ފިލްމުތަކަކީ މާނީ ރަތުނަމްގެ "ޕޮންނިޔިން ސެލްވަން" ދެބަޔެވެ. މި ދެ ފިލްމުން 800 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު، މިއީ ސާރާގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެވެ. މި ފިލްމުތަކުގެ ކާމިޔާބީއަށް ފަހު، 2022 ވަނަ އަހަރު ސާރާގެ ޖުމްލަ މުދަލުގެ އަގު 10 ކްރޯޑް ރުޕީސްއަށް އަރައި، އޭނާ އިންޑިއާގެ އެންމެ މުއްސަނދި ކުޑަކުދީންގެ ތަރިޔަށްވެގެން ދިޔައެވެ.
"ދޫރަންދަރް" ގައި ސާރާގެ ރޯލަކީ ކުޑަ ރޯލެއް ކަމަށް ބުނެފައިވީ ނަމަވެސް، މިއީ އޭނާ ކުޑަކުދީންގެ ތަރިއެއްގެ ގޮތުގައި މަޝްހޫރުވުމަށްފަހު ލީޑް ހީރޯއިނަކަށް ބަދަލުވާ ފިލްމެވެ. ފިލްމުގެ ފުރަތަމަ ލުކުން ފެންނަނީ ސާރާ ކްލަބެއްގައި ނަށާ މަންޒަރާއި، ރަންވީރުގެ ކެރެކްޓަރާ އެކު ސައިކަލްގައި ދަތުރުކުރާ މަންޒަރާއި، އެންމެ ފަހުން ރަންވީރާއެކު ނަށާ މަންޒަރެވެ.
އަދިތިޔާ ދަރު ލިޔެ، ޑައިރެކްޓުކޮށް، އަދި ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ސްޕައި އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (އެންއެސްއޭ) އަޖިތު ދޮވާލްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް ޝައްކުކުރެވޭ ނަމަވެސް، ފިލްމު އުފެއްދި ފަރާތްތަކުން ވަނީ މިކަމާ ބެހޭގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދައިފައެވެ.
ނަމަވެސް ފުރަތަމަ ލުކުން އެނގެނީ މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް