އުރްފީ ޖާވިދް އަދި ނިކިތާ ލުތަރު ކަރަން ޖޯހަރު ހޯސްޓްކުރި ރިއަލިޓީ ޝޯ "ދަ ޓްރެއިޓަރސް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށްފިއެވެ.
ޝޯ ކާމިޔާބު ކުރުމުން މި ދެ ބައިވެރީންނަށް 70 ލައްކަ ރުޕީސްގެ އިނާމު ލިބުނެވެ. ފައިނަލްގައި އުރްފީ އަދި ނިކިތާ ވަނީ ސުދާންޝް ޕާންޑޭ، ހަރްޝް ގުޖްރާލް އަދި ޕުރަވް ޖާ ވޯޓުން ބޭރުކޮށްފައެވެ. އަދި ޖަސްމިން ބަސިން "މަރާލެވުނެވެ".
އުރްފީ ބުނެފައިވަނީ އިނޮސެންޓެއްގެ ގޮތުގައި ކާމިޔާބުވީތީ އުފާވި ކަމަށެވެ. މިއީ އޭނާއާމެދު ޝައްކު ކުރި މީހުނަށް ޖަވާބެއް ކަމަށްވެސް ބުނެފައިވެއެވެ.
20 ބައިވެރީން ހިމެނޭ މި ޝޯއަކީ އިނޮސެންޓުން ޓްރެއިޓަރުން ހޯދަން މަސައްކަތްކުރާ ޝޯއެކެވެ. ހަބަރުތައް ބުނާ ގޮތުގައި މިއީ ޑަޗް ޝޯއެއްގެ އިންޑިއަން ވަރޝަނެކެވެ. މި ޝޯ ޕްރައިމް ވީޑިއޯއިން ސްޓްރީމް ކުރާއިރު ދެވަނަ ސީޒަނެއް އަންނާނެ ކަން ވަނީ އިއުލާނުކޮށްފައެވެ.
ޕްރައިމް ވީޑިއޯ