އަކްޝޭ ކުމާރު އަދި ސައިފް އަލީ ޚާން އެކުގައި ކުޅޭން ނިންމާފައިވާ އާ ފިލަމަށް ނަންދީފިއެވެ. ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ މި ތްރިއްލާ ފިލްމުގެ ނަމަކީ "ހައިވާން" އެވެ.
ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި ފިލްމުގެ ޝޫޓިން ފެށޭނީ އަންނަ މަހުއެވެ. އަދި ނެރޭން ހަމަޖައްސާފައި ވަނީ އަންނަ އަހަރުގައެވެ.
ފިލްމުގެ ވާހަކައިގެ ތަފްސީލު އަދި އާންމުކޮށްފައި ނުވާއިރު މިއީ މަލަޔާޅަމް ފިލްމެއްގެ ރީމޭކެއް ކަމަށް ހަބަރުތައް ބުނެއެވެ.
އަކްޝޭގެ އެހެން ފިލްމުތަކުގެ ތެރޭގައި ބޫތު ބަންގްލާ، ހައުސްފުލް 5 އަދި ޖޮލީ އެލްއެލްބީ 3 ހިމެނެއެވެ. ސައިފްގެ އެހެން ފިލްމުތަކުގެ ތެރޭގައި ރޭސް 4 އަދި ދެވާރާ - ޕާޓް 2 ހިމެނެއެވެ.
އަކްޝޭ އަދި ޕްރިޔަދަރްޝަން އެކުގައި ގިނަ ފިލްމުތަކެއް ހަދާފައިވެއެވެ. އަކްޝޭ އަދި ސައިފް އެންމެ ފަހުން އެކުގައި ފެނުނީ 2008 ގައި "ތަޝަން" ފިލްމުގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް