ސޯޝަލް މީޑިއާގައި އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފަށް ހެދުން އަޅައިގެން ފޮޓޯއާ ވީޑިއޯ ދައުރުކުރުމާއި ސްކޭމާއި އެކި ކަހަލަ ޕިރަމިޑް ސްކޭމްތައް ހިންގުމާއި ޕްރޮމޯޓްކުރުމާއި ޖުވާ ސައިޓުތަކާ ގުޅޭ މައުލޫމާތު ހޯދަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިޔުނިޓީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
ފުލުހުން، އެމްއެންޑީއެފް، އަދި ކޮމިޔުނިކޭޝަން އޮތޯރިޓީ (ސީއޭއެމް) ގެ ބޭފުޅުންނާއެކު ބޭއްވި އެ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްދޭން އެދުނީ ފުލުހުންނެވެ. އެއީ ސަލާމަތީ ބައެއް ސަބަބުތަކާއި އާއްމުންނަށް އެނގެން ނުޖެހޭ ބައެއް މައުލޫމާތުތައް ހުރުމުން ކަމަށް ބުނެއެވެ.
ފުލުހުންގެ އެދުމަށް ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ. އެކަމަށް ތާއީދު ކުރެއްވީ ކޮމެޓީގެ ނައިބު މުގައްރިރު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދެވެ.
ކޮމިޓީ ސިއްރުކުރަން ވޯޓަށް އެހުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޓީ ސިއްރުކޮށް ލައިވް ކަނޑާލައިފައެވެ.
އިންފޮމޭޝަން އެންޑް ކޮމިޔުނިޓީ ކޮމިޓީގެ މުގައްރިރަކީ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.
އަލީ ޔާމިން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް