ނެޓްފްލިކްސްގެ "ސްކުއިޑް ގޭމް" އިން އަނެއްކާވެސް ރެކޯޑެއް ހަދައިފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުވެފައިވާ މި ކޮރެއާ ސީރީޒްގެ ތިންވަނަ އަދި އެންމެ ފަހުގެ ސީޒަން ނެރުނު ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 60.1 މިލިއަން ވިއުސް ހޯދައި، ނެޓްފްލިކްސްގެ ހަފުތާގެ ޓޮޕް 10 ޗާޓުގައި އާ ރެކޯޑެއް ވަނީ ހޯދައިފައެވެ.
ވެރައިޓީގެ ރިޕޯޓެއްގައި ނެޓްފްލިކްސްގެ ތަފާސް ހިސާބުތަކާ ހަވާލާދީ ބުނެފައިވަނީ، މި ތްރިރިލާ ސީރީޒްގެ ތިންވަނަ ސީޒަނަކީ ތިން ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނެޓްފްލިކްސްގައި އެންމެ ގިނައިން ބަލާފައިވާ އިނގިރޭސި ނޫން ޓީވީ ޝޯ ކަމަށެވެ.
މި ޝޯ ރިލީޒްކޮށްފައިވަނީ ހުކުރު ދުވަހެއްގައި ކަމަށް ވުމުން، ނެޓްފްލިކްސްގެ ހޯމައިން އާދިއްތައަށް ހިސާބު ކުރާ މުއްދަތުގެ ތެރޭގައި މި ޝޯއަށް ލިބުނީ އެންމެ ތިން ދުވަހުގެ ވިއުއަރޝިޕް ޑޭޓާއެވެ. ދެވަނަ ސީޒަން ރިލީޒްކޮށްފައި ވަނީ ބުރާސްފަތި ދުވަހެއްގައި، ޑިސެމްބަރު 26 ގައެވެ. އެހެންކަމުން އެ ސީޒަނަށް ވިއު އެއްކުރަން ލިބުނީ ހަތަރު ދުވަހެވެ. އެހެންނަމަވެސް އެ ސީޒަނުންވެސް ވަނީ 68 މިލިއަން ވިއުސްއާއެކު ރެކޯޑު ހޯދައިފައެވެ.
މިއީ 2022 ވަނަ އަހަރުގެ "ވެނިސްޑޭ" އިން ކުރިން ހޯދާފައިވާ 50.1 މިލިއަން ވިއުގެ ރެކޯޑައަށްވުރެ މަތީ އަދަދެކެވެ.
"ސްކުއިޑް ގޭމް" ގައި ގީ-ހުންގެ ނުރައްކާތެރި ކުޅިވަރު ނިމުމަކަށް ގެނައުމުގެ އެންމެ ފަހުގެ ހަނގުރާމަ ދައްކުވައިދެއެވެ. ތިންވަނަ ސީޒަން ފަށަނީ ގީ-ހުން (ލީ ޖަންގް-ޖޭ) މި ނުރައްކާތެރި މުބާރާތް އެތެރެއިން ނައްތާލުމަށް މަސައްކަތް ކުރާ މަންޒަރުންނެވެ. އޭނާ ނުބައި ފްރަންޓް މޭން (ލީ ބިއުންގް-ހުން) އާ ކުރިމަތިލައި، އަނިޔާވެރިކަމުގެ މައްޗަށް އިންސާނިއްޔަތުކަމަށް ކާމިޔާބު ލިބޭނެކަން ސާބިތުކޮށްދޭން މަސައްކަތްކުރެއެވެ.
"ސްކުއިޑް ގޭމް" ފެށުނީ 2021 ވަނަ އަހަރުގެ ފުރަތަމަ ސީޒަނާ އެކުގައެވެ. ހަބަރުތައް ބުނާގޮތުގައި މިއީ މިހާތަނަށް ނެޓްފްލިކްސްގެ އެންމެ ގިނައިން ބަލާފައިވާ ސީރީޒެވެ.


ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް