ރާޖްކުމާރު ރާއޯގެ އާ ފިލްމު "މާލިކް" ގެ ޓްރެއިލާ ރިލީސްކޮށްފިއެވެ. މި ފިލްމުގައި ރާޖްކުމާރު ފެނިގެންދަނީ މީގެ ކުރިން ނުފެންނަ ފަދަ ގޮތަކަށެވެ.

"މާލިކް" އަކީ އެކްޝަން ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަލާހްއާބާދުގައި ހިނގާ ހާދިސާއެއްގެ މައްޗަށެވެ. ރާޖްކުމާރު މި ފިލްމުގައި އަދާކުރަނީ މާލިކް ނަމަކަށް ކިޔާ ގޭންގްސްޓާރެއްގެ ރޯލެވެ. އޭނާ ފެނިގެންދަނީ ބޮޑު ތުނބުޅިއަކާއެކުގައެވެ. ވަރަށް ބާރުގަދަ ޑައިލޮގްތައް ކިޔާ މަންޒަރުތައްވެސް ހިމެނެއެވެ.

https://youtu.be/0itY1Fhvnnk?si=ldyGF3q0nzD7CRJA

މި ފިލްމުގެ މައިގަނޑު އަންހެން ރޯލު އަދާކުރަނީ މަނުޝީ ޗިއްލަރެވެ. އަދި ޕްރޮސެންޖިތް ޗެޓަޖީވެސް މި ފިލްމުގައި އުޅެއެވެ.

"މާލިކް" ގެ ޕްރޮޑިއުސަރުންނަކީ ކުމާރު ތައުރާނީ އަދި ޖޭ ޝެވަކްރަމާނީ އެވެ. މި ފިލްމު ނެރޭން ހަމަޖެހިފައިވަނީ މިމަހު 11 ގައެވެ.