އާޔުޝްމަން ކުރާނާ އަދި ސާރާ އަލީ ޚާން އާ ކޮމެޑީ ފިލްމެއްގައި އެއްކޮށް ފެނިގެންދާނެކަމަށް ބުނެފިއެވެ. މި ފިލްމު އުފައްދަނީ ބޫޝަން ކުމާރު އަދި ޖޫނޯ ޗޯޕްރާ އެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި މިއީ އައުޓް-އެންޑް-އައުޓް ކޮމެޑީ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރަނީ މުދައްސަރު އަޒީޒެވެ. ޝޫޓިން ފެށޭނީ އޯގަސްޓްގައި ކަމަށާއި ނޮވެމްބަރުގައި ނިމޭނެ ކަމަށް ބެލެވޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ފިލްމުގެ ލީޑު ރޯލުން އަޔުޝްމަން އަދި ސާރާ ފެންނާނޭކަމަށް ބުނެފައިވާއިރު، އިތުރު އަންހެން ދެ ތަރީން ވެސް ހިމެނޭނެ ކަމަށާއި އަދި އިތުރު ގިނަ ތަރީންތަކެއްވެސް ހިމެނޭނެ ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަޔުޝްމަން އަދި ސާރާ އެހެން ސްޕައި ކޮމެޑީއެއްގައިވެސް މަސައްކަތްކުރަމުންދެއެވެ. އެ ފިލްމު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެރޭނެކަމަށް ހަބަރުތައް ބުނެއެވެ.