އަނުޕަމް ކޭރު ޑައިރެކްޓްކޮށްފައިވާ "ތަންވީ ދަ ގްރޭޓް" ގެ ޓްރެއިލާ ނެރެފިއެވެ.

މިއީ 2025 ގެ ކާން ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރި ފިލްމެކެވެ. އަދި 20 އަހަރަށްފަހު އަނުޕަމް ކޭރު ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމަކީ އޯޓިޒަމް ހުންނަ އަންހެން ކުއްޖެއް އިންޑިއާގެ އާމީއަށް ވަނުމަށް މަސައްކަތްކުރާ ގޮތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ފިލްމުގައި ޝުބާންގީ ދަތް، އަނުޕަމް، އިއާން ގްލެން، ބޯމަން އިރާނީ، ޖެކީ ޝްރޮފް، ޕަލަވީ ޖޯޝީ އަދި ކަރަން ޓަކަރ ފެނިގެންދާނެއެވެ.

ޓްރެއިލާގައި ތަންވީގެ ގޮތުގައި ޝުބާންގީ ތައާރަފުކޮށްދެއެވެ. އަނުޕަމް ފެނިގެންދަނީ ތަންވީގެ ކާފަގެ ރޯލުންނެވެ.

https://youtu.be/7dVdYE6wWQ8

ޓްރެއިލާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ޝުބާންގީގެ އެކްޓިންއަށާއި ފިލްމުގެ ކޮންސެޕްޓަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

މި ފިލްމު ނެރޭން ހަމަޖެހިފައިވަނީ ޖުލައި 18 ގައެވެ.