އދ. ދިގުރަށް ކައިރީގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ދޯންޏެއްގެ ބުރަފަތިން ޖެހި ލިބުނު ޒަހަމްތަކުގެ ސަބަބުން ސިންގަޕޫރުގެ ޖެނާ ޗަން 15އ މަރުވި، މައްސަލައިގެ ތަހުގީގު އަމިއްލައަށް ހިންގަން އޭނާގެ އާއިލާއިން ނިންމައިފިއެވެ.
ޖެނާ މަރުވީ އިނގިރޭސިވިލާތުގައި ރަޖިސްޓަރީކޮށްފައިވާ ޗެރިޓީއެއް ކަމަށްވާ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރްޕީ)ގެ ދިރާސާ ދަތުރެއްގައި އެހީތެރިވަމުން ދަނިކޮށް ސްނޯކްލިން ކުރުމު ތެރޭގައި ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެންނެވެ. އެ ކުއްޖާ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ޖޭނާގެ އާއިލާއިން އިނގިރޭސި ނޫހެއް ކަމަށްވާ "ދަ ޓައިމްސް" އަށް ބުނެފައިވަނީ، ޖެނާއަށް އިންސާފު ނުލިބޭ ކަމަށާއި މަރުވި ގޮތް ދެނެގަންނަން ބޭނުންވާ ކަމަށެވެ. އަދި ދިވެހި ފުލުހުން ހިންގަނީ ފުރިހަމަ ތަހުގީގެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެހެންކަމުން އަމިއްލައަށް މަސައްކަތްކޮށްގެން ވެސް ޖެނާއަށް އިންސާފު ހޯދަން ބޭނުންވާ ކަމަށެވެ.
އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނާ ސްނޯކްލިންއަށް ފުންމާލީ ގައިޑުން ދިން އިރުޝާދާއެކު ކޯމަހެއް ފެނިގެންނެވެ.
ޖެނާގެ އާއިލާއިން ވަނީ މިދިޔަ މާޗު މަހު ރާއްޖެއަށް އައިސް ހޮސްޕިޓަލް ސްކޭންތައްވެސް ހޯދައިފައި ކަމަށް ރިޕޯޓުގައިވެއެވެ.
ޖެނާގެ މަރަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ގާނޫނީ ވަކީލެއް ނެގުމަށް ފަންޑްރައިޒްވެސް ކުރަން ވަނީ ފަށައިފައެވެ. އެގޮތުން. މިހާތަނަށް 6،595 ޕައުންޑު ވަނީ އެ ފަންޑަށް ލިބިފައި ކަމަށް އާއިލާއާ ހަވާލާދީ "ދަ ޓައިމްސް"ގައި ބުނެފައިވެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ