ސިންގަޕޫރުގައި އޯކިޑު މަލަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ ނަމުން ނަން ދީފިއެވެ.
ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑްތަކަށް ޒިޔާރަތްކުރާ ދައުލަތްތަކުގެ އިއްޒަތްތެރީންގެ ނަމުން ނަން ދިނުމަކީ ޒަމާނުއްސުރެ ސިންގަޕޫރުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑް ހައިބްރިޑަކަށް ނަން ދީފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޒިޔާރަތުގައި ނަން ދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ "ވީއައިޕީ އޯކިޑްސް" ކަލެކްޝަންގައި އަލަށް ނަން ދީފައިވާ އޯކިޑް ހިމަނާއިގެން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ދެކަނބަލުން ވަނީ އެ ބަގީޗާއަށް ޒިޔާރަތްކުރާ މީހުންގެ ފޮތުގައި ސޮއިކުރައްވައި، ބަގީޗާގެ ތާރީހާއި ދަތުރުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައި ކަމަށާއި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވާނީ އަންނަމަހުގެ ދެވަނަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު