ޕަރޭޝް ރާވަލް "ހީރާ ފޭރީ 3" އިން ވަކިވާން ނިންމި ކަމަށް އިއުލާނު ކުރިތާ ހަފުތާތަކެއްފަހުން އަލުން ފިލްމާ ގުޅޭކަން އިއުލާނު ކޮށްފިއެވެ.
ޕަރޭޝްއާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ބުނީ ފިލްމާ ގުޅޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފިލްމުގެ މައިގަނޑު ތިން ތަރީން އެއްކޮށް މަސައްކަތްކުރާނެ ކަމަަށެވެ. ފިލްމު ކުރީން ވެސް ހަމަޖެހިފައޮ އޮތް ތާރީހުގައި ރިލީޒްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ފިލްމުގައި ޕަރޭޝް ރާވަލް (ބާބޫރާއޯ ގަންޕަތްރާއޯ އަޕްޓޭ)، އަކްޝޭ ކުމާރު (ރާޖޫ) އަދި ސުނީލް ޝެޓީ (ޝްޔާމް) ފެނިގެންދާނެއެވެ.
ކުރިން ޕަރޭޝް ފިލްމުން ވަކިވާން ނިންމުމުން އަކްޝޭ ކުމާރު މައްސަލަ ޖައްސައިފައިވެއެވެ. ޕަރޭޝް ފަހުން ފަނީ ސޮއިކުރި އިރު ނެގި ފައިސާ އިންޓްރެސްޓާއެކު އަނބުރާ ދައްކާފައިކަމަށް ވެސް ހަބަރުތައް ބުނެއެވެ.
"ހީރާ ފޭރީ" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 2000 ވަނަ އަހަރުއެވެ. ދެވަނަ ފިލްމު ރިލީޒްކުރީ 2006 ގައެވެ. ފުރަތަމަ ފިލްމު ޑައިރެކްޓްކުރީ ޕްރިޔަދަރްޝަން އެވެ. ތިންވަނަ ފިލްމުގައިވެސް ޕްރިޔަދަރްޝަން ބައިވެރިވާނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް