ރިތޭޝް ދޭޝްމުކްގެ ޑައިރެކްޓޯރިއަލް ޑެބިއު "ރާޖާ ޝިވާޖީ" ގައި ވިދިޔާ ބާލަން މުހިންމު ރޯލެއް އަދާކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ރިތޭޝް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. ޖިއޯ ސްޓޫޑިއޯސްއާ ގުޅިގެން އުފައްދާ މި ފިލްމު ޕޭން-އިންޑިއާ ފިލްމެއްގެ ގޮތުގައި ނެރޭނެއެވެ.
ބޮލީވުޑް ހަަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ބައިވެރިވާން ވިދިޔާ ވަނީ ލުކް ޓެސްޓް ހަދާފައެވެ. ދެ ހަފުތާ ތެރޭގައި ޝޫޓިން ފެށޭނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ފިލްމުގައި ރިތޭޝްގެ އިތުރުން ސަންޖޭ ދަތް، އަބީޝެކް ބައްޗަން، މަހޭޝް މަންޖްރޭކަރ، ސަޗިން ކެދޭކަރ، ބާގްޔަޝްރީ، ފަރްދީން ޚާން، ޖިތެންދްރަ ޖޯޝީ، އަމޯލޭ ގުޕްތޭ އަދި ޖެނީލިއާ ދެޝްމުކް ފެނިގެންދާނެއެވެ.
ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި އެކެއްގައެވެ. މި ފިލްމަކީ އިންޑިއާގެ ތާރީހުގެ އެންމެ ހިތްވަރުގަދަ ބާބުތަކުގެ ތެރެއިން އެއް ބާބު ކިޔައިދޭ ފިލްމެއް ކަމަށް ހަބަރުތައް ބުނެއެވެ. މިއީ މަރާތީ ސިނެމާއިން ޕޭން-އިންޑިއާ އޯޑިއަންސްއަށް އަމާޒުކޮށްގެން އުފައްދާ މަދު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް