ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރެވޭނެ ގަޑިތައް އިސްލާމިކް މިިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމް ސޮއިކުރައްވައި އިއްޔެ ނެރުނު ސާކިއުލާގައި ބުނީ، އެ ގަޑިތައް ކަނޑައެޅީ މާލެ އާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ.

ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރެވޭނެ ގަޑިތައް:

  • ފަތިން ނަމާދު 15 މިނެޓު
  • މެންދުރު، އަސުރު ނަމާދު 12 މިނެޓް
  • މަގްރިބް ނަމާދު 8 މިނެޓު
  • އިޝާ ނަމާދު 10 މިނެޓު

މިނިސްޓްރީން ބުނީ، އެ ގަޑިތަކާ އެއްގޮތަށް އަމަލު ކުރުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުން އަންގާ ކަމަށެވެ.