ރޫޕާލީ ގަންގުލީ ފެނިގެންދާ "އަނުޕަމާ" ޓީވީ ޝޯގެ ސެޓުގައި ރޭ ފަތިހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި އަލިފާން ރޯވީ ޝޫޓިން ފަށަން ހަމަޖެހިފައިވާ ވަގުތުގެ ދެ ގަޑިއިރު ކުރީންނެވެ. މި ހާދިސާގައި ޝޯގެ ސެޓު މުޅިން ހަލާކުވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަލިފާން ނިއްވުމަށް ގަޑިއިރުތަކެއް ހޭދަވެފައިވާ ކަމަށާއި ރޯވި ސަބަބު އަދި ނޭނގޭ ކަމަށް ހަބަރުތައް ބުނެއެވެ.
އޯލް އިންޑިއަން ސިނޭ ވޯކަރސް އެސޯސިއޭޝަން (އޭއައިސީޑަބްލިއުއޭ) އިން ވަނީ މި ހާދިސާ ކުށްވެރިކޮށްފައެވެ. އަދި ފިލްމް ސިޓީގެ މެނޭޖިން ޑިރެކްޓަރު ވަގުތުން ސަސްޕެންޑްކުރުމަށް އެދިފައިވެއެވެ. މަހާރާޝްޓްރާގެ މުޚްތާރު ޑެވެންދްރަ ފަޑްނަވިސްއަށް މައްސަލަ ތަހުގީގުކުރުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ޝޯގެ ޕްރޮޑިއުސަރުންނާއި، ޕްރޮޑަކްޝަން ހައުސްއާއި، ޓީވީ ޗެނަލްއާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް ގޮވާލާފައިވެއެވެ. އިންޝުއަރެންސް ހޯދުމަށް ގަސްދުގައި އަލިފާން ރޯކޮށްފައިވޭތޯ ބަލަންވެސް އެދިފައިވެއެވެ.
ޝޯގެ ޕްރޮޑިއުސަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. ހާދިސާ ހިނގިއިރު ސެޓުގައި ތިބީ ހަމައެކަނި ސެކިއުރިޓީ އަދި ސެޓު މުވައްޒަފުން ކަމަށް ބުނެފައިވެއެވެ. އަލިފާން ރޯވި ސަބަބު ބަލަމުން އަންނަ ކަމަށާއި، ދޮގު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިންޒާރުދީފައިވެސް ވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް