އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސްއަށް، ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ ތަޖަކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު ބޮބޮކަލޮންޒޮދާ ލުކްމޮން، ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ޑރ. ޕޫރްނާ ބަހާދޫރު ނޭޕާލީ، ދަ ރިޕަބްލިކް އޮފް ސައިޕްރަސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ހައި ކޮމިޝަނާ އެވަގޮރަސް ވިރްޔޮނިޑެސް އަދި ކިންގްޑަމް އޮފް ސްޕެއިންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހުއާން އެންޓޯނިއޯ މާޗް ޕުޔޮލްއެވެ.

އަދި އީރާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ޑރ. އަލީރިޒާ ދެލްކޯޝް، ކިންގްޑަމް އޮފް ނޯވޭގެ އާ ސަފީރު މައި-އެލިން ސްޓެނާ، ގިނީގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު ކޮންޓް އަލައްސާންގެ އިތުރުން ޕީޕަލްސް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް އަލްޖީރިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު އަބްޑެނާ ހެލެވަނީ، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފައެވެ.

ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުއްވުމުގެ ރަސްމިއްޔާތައް އެ އަށް ބޭފުޅުން ވަޑައިގެންނެވީ ފަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ފަތްކޮޅު އެރުވުމުގެ ކަންކަން ނިމުމުން ރައީސް ވަނީ ކޮންމެ ގައުމެއްގެ ސަފީރާ ވަކިވަކިން ބައްދަލުކުރައްވައި ރާއްޖެ އާއި އެގައުމުތަކާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.