އަންހެނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ހާއްސަ "ފަށާ މަދަދު ލޯނު" ގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯން ސްކީމެއް ތައާރަފުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޕޯޓަލް މެދުވެރިކޮށް މިހާރު މި ލޯނަށް ހުށަހެޅޭނެ އެވެ. ލޯނަށް އެދުމުގެ ފުރުސަތު އޯގަސްޓު މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
މި ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޭން ވަނީ ނިންމައިފަ އެވެ.
މި ލޯނަށް ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސް މުއްދަތެއް ލިބޭއިރު، 7 އަހަރު ދުވަހަަށް ބަހާލައިގެން އަނބުރާ ދެއްކޭނެ އެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސްކީމްގައި ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ޖުމުލަ ފައިސާގެ 25 އިންސައްތަ ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށްވެސް އެސްޑީއެފްސީން މީގެ ކުރީން ވަނީ ބުނެފަ އެވެ.
މި ސްކީމްގައި ބައިވެރިވެވޭނީ:
- މިހާރު ހިންގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރީ އާމްދަނީ 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކަށް
- އަލަށް ފަށާ އަންހެން ވިޔަފާރިންނަށް
- ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނަމަ މެޖޯރިޓީ ހިއްސާދާރުންނަކީ އަންހެނުން ކަމުގައިވާ ކުންފުންޏަކަށް
އެސްޑީއެފްސީން ބުނެފައިވާ ގޮތުގައި މި ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތައް، ކެފޭ އަދި ރެސްޓޯރަންޓް ވިޔަފާރިތައް، ކޭޓަރިން ހިދުމަތްދޭ ވިޔަފާރީތައް، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ވިޔަފާރީތައް އަދި މާލޭ ސަރަހައްދުގައި އަލަށް ފަށާ ތެލުގެ ވިޔަފާރީތައް ފިޔަވާ އެހެން ހުރިހާ ވިޔަފާރިއަކަށްވެސް ބައިވެރިވެވޭނެ އެވެ.
”ފަށާ މަދަދު“ ލޯނަކީ، އެސްޑީއެފްސީއާއި އިކޮނޮމިކް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދާ ސްކީމެކެވެ މިލޯނުގެ މަގުސަދަކީ، ކޮންވެންޝަނަލް ބޭންކިން ސިސްޓަމްތަކުން ބާކީވެފައިވާ އަންހެން ވިޔަފާރިވެރިންނަށް ލުއި ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އާއިޝަތު މާހާ
ލޯނު ސްކީމްތައް
ލޯނު ސްކީމްތައް
ލޯނު ސްކީމްތައް
ލޯނު ސްކީމްތައް