ޕަންޖާބީ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖިތް ދޮސަންޖް އޭނާގެ އަންނާން އޮތް ފިލްމު "ސަރްދާރްޖީ 3" ގެ ޓްރެއިލާ ނެރެފިއެވެ. މި ފިލްމުގައި ޕާކިސްތާނު އެކްޓަރު، ހާނިޔާ އާމިރު ފެނިގެންދާނެއެވެ. ދިލްޖިތް ބުނެފައިވާ ގޮތުގައި މި ފިލްމު ދައްކާނީ ހަމައެކަނި ބޭރު ގައުމުތަކުގައެވެ.
މި ފިލްމުގައި ހާނިޔާ ފެނިގެންދަނީ ދިލްޖިތްގެ ކެރެކްޓަރާއެކު 'ގޯސްޓް ހަންޓަރެއްގެ' ގޮތުގައެވެ. އެމީހުންގެ މަސައްކަތަކީ އިނގިރޭސިވިލާތުގެ ގެޔަކުން ރޫހެއް ނެރުމެވެ. މި ބިރުވެރި މަޖާ ފިލްމުގައި ގޯސްޓް ބަސްޓިންގެ މަޖާ މަންޒަރުތަކާއެކު އެކްޝަން މަންޒަރުތައްވެސް ފެނިގެންދެއެވެ.
ފިލްމުގެ ޓްރެއިލާ އިންސްޓަގްރާމްގައި ޕޯސްޓުކުރުމާއެކު ދިލްޖިތް ލިޔެފައިވަނީ "ސަރްދާރްޖީ 3 ރިލީޒްވާނީ ޖޫން 27 ގައި ހަމައެކަނި ބޭރު ގައުމުތަކުގައި" މިހެންނެވެ. މި ޕޯސްޓަށް ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށްފައެވެ.
މި ފިލްމުގައި ހާނިޔާ ބައިވެރިވެފައި މިވަނީ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މި ގުޅުން ގޯސްވެފައިވަނީ ދާދި ފަހުން ހިނގި ޕަހަލްގާމް ޓެރަރިސްޓް ހަމަލާއާއި އޮޕަރޭޝަން ސިންދޫރާ ގުޅިގެންނެވެ.
"ސަރްދާރްޖީ 3" ގައި މަނަވް ވިޖް، ގުލްޝަން ގްރޯވަރ، ޖަސްމިން ބަޖްވާ، ސަޕްނާ ޕައްބީ އަދި އެހެން ތަރިންވެސް ފެނިގެންދާނެއެވެ. އަމަރު ހުންދާލް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ނެރެނީ މިމަހު 27 ގައެވެ. މި ފިލްމަކީ ޕަންޖާބީ ފިލްމު އިންޑަސްޓްރީގެ މަގުބޫލު ހޮރަރ-ކޮމެޑީ ފްރެންޗައިޒްއެއްގެ ތިންވަނަ ބައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް