އެމެރިކާގެ އެންމެ ފަހުގެ އަދި އެންމެ ވަރުގަދަ ބޮން އަޅާ ބޯޓުތައް ގުއާމް އަށް ގެންގޮސްފި އެވެ.
އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވާ ގޮތުން އެމެރިކާގެ މިސޫރީގައި އޮންނަ ވައިޓްމޭން އެއާ ފޯސް ބޭސް އިން އެމެރިކާ އަސްކަރިއްޔާގެ ބީ-2 ގެ ހަ ބޯޓު ވަނީ ގުއާމަށް ގެންގޮސްފަ އެވެ.
ބީ-2 ގެ ބޯޓުތަކަކީ 30،000 ޕައުންޑުގެ ބަޖީބީޔޫ-57 މެސިވް އޯޑްނެންސް ޕެނެޓްރޭޓާ ނަމަކަށް ކިޔާ ބޮން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި އެއާކްރާފްޓެވެ. މިއީ ބިމުގެ އަޑީގެ ޓާގެޓްތަކަށް އަމާޒުކޮށް ފޮނުވާލާ ބޮމެކެވެ.
މިކަމާ ގުޅޭ ގޮތުން ޕެންޓަގަން އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބީ-2 ގެ ބޯޓުތައް ގުއާމަށް ގެންގޮސްފައި މިވަނީ އެމެރިކާ އިން އީރާނަށް ހަމަލާދިނުމާމެދު ދެ ހަފުތާތެރޭ ގޮތެއް ނިންމާނެ ކަމަށް އެ ގައުމުން ބުނެފައި ވަނިކޮށެވެ.
މުހައްމަދު ސިމާއު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ