މިރޭ ދަންވަރު ދޭކުން ފެށިގެން ބައިގަޑިއެއްހާ އިރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް މެދުކެނޑިދާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މިއަދު ބުނިގޮތުގައި މިރޭ ދަންވަރު 2:00 އިން ފަތިހު 5:00 އާ ހަމައަށް މެއިންޓެނެންސްގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ 2:00 އިން ފެށިގެން ބައިގަޑިއިރަށް ހިދުމަތްތައް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން އިންޓަނެޓް ބޭންކިން، ވެބްސައިޓް، ޕީއޯއެސް މެޝިންތައް، އޭޓީއެމްތައް، ޕޭމެންޓް ގޭޓްއަވޭ، ކާޑުގެ ހިދުމަތްތައް އަދި ޑޮލަރު ބުކިން ޕޯޓަލްއިން ހިދުމަތް ހޯދަން ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުންޏެވެ.
އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބޭންކުންވަނީ މާފަށް އެދިފައެވެ.
އާއިޝަތު މާހާ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ