އަޖޭ ދޭވްގަންގެ މަޝްހޫރު ފިލްމު "ޝައިތާން" ގެ ދެވަނަ ބައިގެ މަސައްްކަތް ފަށައިފިއެވެ.

"ޝައިތާން 2" ގައި އާ އެކްޓަރުން ފެނިގެންދާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. ފުރަތަމަ ބައިގެ މައިގަނޑު އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަން، އާރް މަދަވަން، ޖްޔޯތިކާ އަދި ޖަންކީ ބޯޑިވާލާ ދެވަނަބައިންވެސް ފެނިގެންދާނެއެވެ. ކާޖޮލްގެ "މާ" ފިލްމާއެކު "ޝައިތާން 2" ގެ ރަސްމީ އިއުލާން ކުރެވޭނެ ކަމަށް ހަބަރުތައް ބުނެެއެވެ. އަދި ކާޖޮލް "ޝައިތާން 2" ގައި ކެމިއޯއެއްގައި ފެނިގެންދާނެ ކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.

"ޝައިތާން 2" އަކީ އޮރިޖިނަލް ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ލިޔަނީ އާމިލް ކީޔާން ޚާން އެވެ. ފިލްމު ޑައިރެކްޓްކުރާނީ ވިކާސް ބަހްލް އެވެ.

ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. ފިލްމު ނެރޭން ނިންމައިފައިވަނީ 2027 ގައެވެ.

އަޖޭ ދޭވްގަން މިހާރު މަސައްކަތްކުރަނީ "ސަން އޮފް ސަރްދާރު 2" އަދި "ދޭ ދޭ ޕިޔާރު ދޭ 2" ގައެވެ. މިއަހަރުގެ ފަހުކޮޅު "ދްރިޝްޔަމް 3" ގެ ޝޫޓިން ފަށާނެ ކަމަށްވެސް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.