މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އިން "ނެޓްފްލިކްސް ހައުސް" ނަމަކަށް ކިޔާ މުނިފޫހިފިލުވުމުގެ ވެނިއުތަކެއް ތައާރަފުކުރަން ނިންމައިފިއެވެ.
މިއީ ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒްތަކުގެ ތީމްތައް ބޭނުންކޮށްގެން ހަދާ ވެނިއުތަކެކެވެ. ފުރަތަމަ ދެ ވެނިއު ހުޅުވޭނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ. މި ދެ ވެނިއު ހުޅުވޭނީ ފިލަޑެލްފިއާގެ ކިން އޮފް ޕްރުޝިއާ މޯލް އަދި ޑަލަސްގެ ގެލެރިއާ ޑަލަސްގައެވެ. ތިންވަނަ ވެނިއު ހުޅުވޭނީ 2027 ގައި ލަސްވޭގާސްގެ ބީއެލްވީޑީގައެވެ.
ފިލަޑެލްފިއާގެ ވެނިއުގައި "ސްޓްރޭންޖަރ ތިންގްސް" ތީމްގެ ލެބޯޓަރީއެއް ހިމެނޭނެއެވެ. ޑަލަސްގެ ވެނިއުގައި "ނެޓްފްލިކްސް ރީޕްލޭ" ނަމަކަށް ކިޔާ ގޭމް ރޫމެއް ހިމެނޭނެ އެވެ. ދެ ވެނިއުގައިވެސް "ނެޓްފްލިކްސް ބައިޓްސް" ނަމަކަށް ކިޔާ ރެސްޓޯރެންޓެއް ހުންނާނެއެވެ.
ކުރިއަށް އޮތް ތަނުގައި "ބްރިޖަރޓަން"، "ލަވް އިޒް ބްލައިންޑް"، "ދަ ފްލޯ އިޒް ލާވާ"، "ބިގް މައުތް"، "އައުޓަރ ބޭންކްސް"، "މަނީ ހައިސްޓް"، "ނައިވްސް އައުޓް" އަދި "އާމީ އޮފް ދަ ޑެޑް" ފަދަ ސީރީޒްތަކުގެ ތީމްތައް ހިމެނޭނެއެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް